ވެޓެރިނަރީ ކްލިނިކުން ހިދުމަތްތައް ދެމުން އަންނަ ދުވަސްތަކާއި ގަޑިތަކަށް ބަދަލު ގެންނަން މިނިސްޓްރީން ނިންމައިފި އެވެ.
އެގޮތުން، ޑޮކްޓަރަށް ދެއްކުމަށް ހާއްސަ ކުރެވިފައި ވަނީ އާދިއްތަ އަދި ބުދަ ދުވަހުއެވެ. ހޯމަ އާއި ބުރާސްފަތި ދުވަސް ހާއްސަ ކުރެވިފައި ވަނީ ސާޖަރީތަކަށެވެ. މި ހުރިހާ ހިދުމަތެއް ވެސް ދޭނީ ހެނދުނު 08:00 އިން މެންދުރު ފަހު 02:00 އަށް ކަމަށް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައި ވެއެވެ.
މިނިސްޓްރީން ކުރި އިއުލާން ގައި ބުނެފައިވާ ގޮތުގައި، މި ގަޑި ތަކަށް ބަދަލު އަންނާނި އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ.
ސާޖަރީ އެޕޮއިންޓްމަންޓް ހަދަން ވެޓެރިނަރީ ހިދުމަތަށް އެދޭ ފޯމު ފުރުމަށް ފަހު މިނިސްޓްރީއަށް ހުށަހެޅުމުން ފޯމު ހުށަހަޅާ ތަރުތީބުން އެޕޮއިންޓްމަންޓް ހަމަޖައްސައި ދެވޭނެ ކަމަށާއި، ހިދުމަތް ދެވޭނީ ހޯދަން އަންނަ ތަރުތީބުން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް