ކުޑަ ބަހެއް ފުރޮޅާލައި ޑުރައިވަރުގެ ތުންފަތް ފަޅައިގެންގޮސްފި

ހުޅުމާލޭގައި ކުޑަ ބަހެއް ފުރޮޅާލައި ޑުރައިވަރުގެ ތުންފަތް ފަޅައިގެންގޮސްފިއެވެ. މިއަދު ފުރޮޅާލާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުން، އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކުޑަ ވޭނެއް، ކާނުގަނޑުގައި ޖެހިއެވެ. މ...

26 Aug 2019 | 05:35

ހުޅުމާލޭގައި ކުޑަ ބަހެއް ފުރޮޅާލައި ޑުރައިވަރުގެ ތުންފަތް ފަޅައިގެންގޮސްފިއެވެ.

މިއަދު ފުރޮޅާލާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުން، އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކުޑަ ވޭނެއް، ކާނުގަނޑުގައި ޖެހިއެވެ. މި ވޭން ފުރޮޅާލާފައިވަނީ މިއަދު ހެނދުނު 9:25 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި އެކްސިޑެންޓުގައި، ވޭން ދުއްވަން އިން އުމުރުން 42 އަހަރުގެ ފިރިހެން މީހާގެ ތުނަފަތް ވަނީ ފަޅައިގެން ގޮސްފައެވެ. މީގެ އިތުރުން އެހެން އަނިޔާއެއް އޭނާއަށް ވެފައެއް ނުވެއެވެ.

އެހެންނަމަވެސް އެ ވޭން އަށް އެކު ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މި މައްސަލަ މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަޙުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް