ބޮލީވުޑް ބަތޮލާ ނިހާ ދޫޕިއާއި އޭނަގެ ފިރިމީހާ، އަންގަދު ބޭދީ އަދި ދެމަފިރިންގެ ދަރި، މެހެރް ދޫޕިއާ ބޭދީ، ރާއްޖެ އައިސްފިއެވެ.
މި ދެ ތަރިން ރާއްޖެ އައިސްފައިވަނީ ނިހާ ދޫޕިއާ ގެ 38 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށެވެ. އެގޮތުން ނިހާ ދޫޕިއާ ގެ އިންސްޓަގްރާމް ގައި ވަނީ ރާއްޖޭގެ ރީތިކަން ދައްކާލާފައެވެ.
މީގެ އިތުރުން ކުރިންވެސް ނިހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ، އަންގަދު ބޭދީ ވަނީ މާމުއި ހަނދަން ރާއްޖެ އައިސްފައެވެ.
https://www.instagram.com/p/B1lS3CHhvsX/?utm_source=ig_embed
ދަރިއަކު ލިބުމާއެކު ނިހާ ދޫޕިއާ ފިލްމީ ދާއިރާއާއި ކުޑަކޮށް ދުރުގައި ހުރި ނަމަވެސް އަންގަދު އަންނަނީ ފުލު ފުލުގައި ފިލްމު ކުޅެމުންނެވެ.
އެގޮތުން ފުލުފުލުގައި ހަތަރު ޕްރޮޖެކްޓެއްގައި އަންގަދު މިވަނީ މަސައްކަތްކޮށްފައެވެ. އެއީ "ދަ ޒޯޔާ ފެކްޓަރ" އާއި "ވާޑިކްޓް" އާއި"އިންސައިޑް އެޖް" ގެ އިތުރުން "ކާގިލް ގާލް" އެވެ.
ނިހާ ދޫޕިއާ އާއި އަންގަދު ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. ކައިވެންޏަށް ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް