ރައީސް ޞާލިހް ކުރި ހަމައެކަނި ރަނގަޅު ކަމަކީ އަންހެނުން ފަނޑިޔާރުކަމަށް ގެނައުން: ޖާބިރު

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވި ފަހުން ކުރެއްވި ހަމަ އެކަނި ރަނގަޅު ކަމަކީ އަންހެނުން ފަނޑިޔާރުކަމަށް ގެނައުން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާ...

26 Aug 2019 | 05:16

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވި ފަހުން ކުރެއްވި ހަމަ އެކަނި ރަނގަޅު ކަމަކީ އަންހެނުން ފަނޑިޔާރުކަމަށް ގެނައުން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ތާޢީދު ކުރަމުން ޖާބިރު ވިދާޅުވީ އޭރުން ހަމަ ގައިމުވެސް އަތް ފައި ސަލާމަތުން ހުންނާނީ މަދު ބަޔަކު ކަމަށެވެ.

"މިރާއްޖޭގެ ރައީސް ކަމަށް އައި ފަހުން ކުރި އެންމެ ހެޔޮކަމެއް އޮތީވެސް. އެއީ އިސްލާމްދީނުގައި ވަކި ތަފާތުކުރުމެއް ނޯންނަ ގޮތަށް އޮންނަ އުސޫލުގެ މަތިން ދުނިޔެ ހިނގާ ގޮތަށް، ތަހުޒީބު ގައުމުތަކުގައި އޮަޕަރޭޓް ކުރާ ގޮތައް ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ ބެންޗަށް އަންހެން ބޭފުޅުން ލާން ނިންމި ނިންމުމުން. އަޅުގަނޑު ތާއިދު ކުރަން އެނިންމުމަށް." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ވެރިކަމަށްވެސް އަންހެން ބޭފުޅަކު އައުން މާ ރަނގަޅުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް