ބަލިވެ އުޅުއްވާތީ އިމްރާން މަޖިލީހަށް ވަޑައެއް ނުގެންނެވި

ހައްޖުގެ މާތް އަޅުކަމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، ބަލިވެ އުޅުއްވާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައެއް ނުގެންނެވިއެވެ. 2012 ވަނަ އަހަރު މޯލްޑ...

26 Aug 2019 | 04:50

ހައްޖުގެ މާތް އަޅުކަމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، ބަލިވެ އުޅުއްވާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައެއް ނުގެންނެވިއެވެ.

2012 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ސާފުކޮށްދިނުމަށް އެދި އިމްރާނާއި ސުވާލު ކުރެއްވުމަށް ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

އިމްރާނާއި ސުވާލު ކުރެއްވުމަށް މަޖިލީހަށް ހުށަހެޅުމަށް އެޖެންޑާ ކޮށްފައިވަނީ މިއަދު އޮތް 19 ވަނަ މަޖިލީހުގެ 39 ވަނަ ޖަލްސާއަށެވެ. އެހެންނަމަވެސް މަޖިލިސް ޖަލްސާ ފެއްޓެވުމަށް ފަހު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ހައްޖު ރޯގާ" ގެ ސަބަބުން މަޖިލީހަށް ވަޑައިނުގެންނެވޭނެކަން އަންގާ އިމްރާނުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

މީގެ ކުރިން،3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅޭގޮތުން ސުވާލު ކުރުމަށްވެސް މިނިސްޓަރ އިމްރާން ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް