އިތުރު ބަދަލެއް ނުގެނެސް ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި

މިއަހަރުގެ ދައުލަތުގެ ބަޖެޓަށް1.7 ބިލިއށް ރުފިޔާ އިތުރު ކޮށްދިނުމަސް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް، އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފައެވެ. ސަޕްލިމެންޓްރީ ބަޖެޓް ފާސްކ...

26 Aug 2019 | 04:32

މިއަހަރުގެ ދައުލަތުގެ ބަޖެޓަށް1.7 ބިލިއށް ރުފިޔާ އިތުރު ކޮށްދިނުމަސް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް، އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފައެވެ.

ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ދިރާސާ ކުރުމަށް ފަހު، ކޮމިޓީއިން ރޭ ބޭއްވި ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ރޭގެ ބައްދަލުވުމުގައި ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ވަނީ ދެ ހުށަހެޅުމަކަށް ވޯޓަށް އަހާފައެވެ. އެއީ ހިލޭ އެހީގެ ގޮތުގައި 716.8 މިލިއަން ރުފިޔާ އިތުރު ކުރުމަށާއި ޖުމްލަ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަަން ރުފިޔާ އިތުރުކޮށްދިނުމަށެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓްގައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި 350 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. ބަޖެޓުން ދަރިވަރުންގެ ސްކޮލާޝިޕާއި ލޯން ސްކީމަށް 300 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމަށް 81 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް 294.5 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ހިމަނާފައި ވާއިރު، ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 24.4 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ސަބްސިޑީގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 189.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް