އެއީ ދިވެއްސަކު އިންޑިއާގައި ދުއްވި ވެހިކަލެއް، އަދި އެއޮތީ ނަމްބަރު ޕްލޭޓް ނައްޓާ ނުލާ!

އިންޑިއާގެ ރަޖިސްޓްރީ ނަމްބަރެއް ހިމެނޭ ނަމްބަރު ޕްލޭޓެއް ޖެހި ވެހިކަލެއް ހުޅުމާލޭގައި އޮއްވާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެ ވެހިކަލަކީ ދިވެއްސަކު އިންޑިއާގައި ބޭނުން ކު...

25 Aug 2019 | 19:32

އިންޑިއާގެ ރަޖިސްޓްރީ ނަމްބަރެއް ހިމެނޭ ނަމްބަރު ޕްލޭޓެއް ޖެހި ވެހިކަލެއް ހުޅުމާލޭގައި އޮއްވާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެ ވެހިކަލަކީ ދިވެއްސަކު އިންޑިއާގައި ބޭނުން ކުރުމަށްފަހު ރާއްޖެ ގެނެސްފައިވާ ވެހިކަލެއް ކަމުގައި ބެލެވިއްޖެއެވެ.

މިކަން އެނގެނީ އިންޑިއާގެ އާރުޓީއޯ އިން މި ވެހިކަލްގެ ރަޖިސްޓްރީ ނަމްބަރުގެ ވެރިފަރާތް ބަލާލުމުންނެވެ.

އޭގައި ހުރި މައުލޫމާތުތަކާއި މި ކާރުގެ ކުލަ އާއި މޮޑެލް ދިމާވެއެވެ. އޭގައި ބުނެފައިވާގޮތުގައި މި ވެހިކަލަކީ ރެނޯލްޓް އިންޑިއާ ކުންފުނިން އުފައްދާ ޑަސްޓާ އާރުއެކްސްއެލް މޮޑެލްގެ ކާރެކެވެ. މި ކާރުގެ އޯނަރަކީ ދިވެހި އަންހެނެއްކަން ބުނެފައިވެއެވެ.

އެ އަންހެން މީހާގެ ނަމާއި ވަނަވަރު މިތާނގައި ހާމަކުރުން ރަނގަޅުވާނެ ކަމަށް ނުދެކެމެވެ. ނަމަވެސް އެހެން ގައުމުތަކުން ރާއްޖެއަށް ވެހިކަލް އެތެރެކުރާއިރު އެ ގައުމެއްގެ ނަމްބަރު ޕްލޭޓް ނުނައްޓާ ހުންނަ ވެހިކަލް ހުރެއެވެ.

އާރުޓީއޯ މައުލޫމާތަށް ބަލާއިރު މި ވެހިކަލް ރަޖިސްޓްރީ ކޮށްފައިވަނީ 11 ޑިސެމްބަރު 2014ގައެވެ. ހައްދާފައިވާ އިންސުއަރެންސް އަންނަ ސެޕްޓެމްބަރު މަހުގެ 25 އަށް ހަމަވެއެވެ.

މި ވެހިކަލް ހުޅުމާލޭގައި އޮތް މަންޒަރު ފެންނަ ފޮޓޯ ސޯޝަލް މީޑިއާގައި މިއަދު ވައިރަލް ވެގެން ގޮސްފައިވާއިރު މިކަމާއި ގުޅޭގޮތުން ފުލުހުން މިރޭ ބުނެފައިވަނީ މިކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް