ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕިއެމްގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ދިވެރިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިންތިހާބީ ބައިވެރިޔާ، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިހާރު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ދަނބިދޫ، މުންޑޫ އަދި މައިބައިދުއަށް ވަޑައިގެންފިއެވެ.
މި ތިން ރަށުންވެސް ޑރ. ޝަހީމް އަށް މަރުހަބާ ދަންނަވާ، ސަލާމް ކުރެއްވުމަށް އެތައް ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. މި ދަތުރުފުޅުގައި ޑރ. ޝަހީމް ވަނީ ދަނބިދޫ، މުންޑޫ އަދި މައިބައިދޫގެ ޕީޕީއެމް ޖަގަހަތަކަށް ވަޑައިގެންފައެވެ. އަދި އޭގެ އިތުރުން ޑޯޓުޑޯ އިވެންޓުތަކެއްވެސް ވަނީ ބާއްވާފައެވެ.
މާބައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ކަންބޮޑުވެ ހާސްވެ ވަޑައިނުގަތުމަށާއި އެމްޑީޕީ މީހުންވެސް މިފަހަރު ވޯޓް ދެއްވާނީ ރައީސް ޔާމީންއަށް ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި މައިބައިދޫގައި ރައީސް ޔާމީންއަށް އޮތް ތާޢީދު ފެނި ވަޑައިގެންފި ކަމަށާއި، މައިބައިދޫގައި އިތުރަށް ކުރައްވާނެ ކެންޕެއިންއެއް ނެތް ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި ޝަހީމްވަނީ އެބޭފުޅުން ދެއްވާ އެއްބާރު ލެއްވުމަށް ޝުކުރު އަދާ ކުރައްވާފައެވެ.
ޑރ. ޝަހީމް މިއަދު ދަނބިދޫ، މުންޑޫ އަދި މައިބައިދޫ އަށް ވަޑައިގަތް އިރު އިއްޔެ އެމަނިކުފާނު ވަނީ އެއަތޮޅު އިސްދޫ އަދި ކަލައިދުއަށް ވަޑައިގެންފައެވެ. ހުރިހާ ރަށަކުންވެސް އެމަކުފާނަށް ބޮޑު ތަރުހީބެއް ލިބުނު އިރު އެންމެ ގިނަ ބަޔަކު ޑރ ޝަހީމަށް މަރުޙަބާ ކިޔާފައިވަނީ މައިބައިދޫއިންކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ މަހުގައި އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުޙައްމަދު ޞާލިހްވެސް ވަނީ ލާމު އަތޮޅަށް ދަތުުރުފުޅެއް ކުރައްވާފައެވެ. އެހެންނަމަވެސް މިދަތުރުފުޅުގައި މައިބައިދުއަށް އިބޫ ވަޑައިގަތުމާއެކު ފޮޓޯތަކުން ފެންނަ ގޮތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ނިކުމެފައިވަނީ އެންމެ 37 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް