ބުލީ ކުރުމަކީ ގަނާ ކުރުން، ހަނގާ ކުރުމެއް ނޫން: އަޝްރަފް

ބުލީ ކުރުމުގެ ދިވެހި ބަހަކ ގަނާ ކުރުން ކަމަށާއި ހަނގާކުރުން ނޫންކަމުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ. އަޝްރަފް މިހެން ވިދާޅުވީ އޭނާ ޓެގްކޮށް ސޯޝަލް މީޑިއާގައި މީހަކު...

26 Aug 2018 | 12:21

ބުލީ ކުރުމުގެ ދިވެހި ބަހަކ ގަނާ ކުރުން ކަމަށާއި ހަނގާކުރުން ނޫންކަމުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

އަޝްރަފް މިހެން ވިދާޅުވީ އޭނާ ޓެގްކޮށް ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަޝްރަފް މިހެން ވިދާޅުވެފައިވާއިރު ދާދި ފަހުން ތިން އަންހެންކުއްޖަކު، އަންހެންކުއްޖަކަށް އަނިޔާކޮށް ގަނާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ. މި މައްސަލަ ރިޕޯޓްކުރުމުގައި ބައެއް މީޑިއާތަކުން "ގަނާ"ގެ ބަދަލުގައި "ހަނގާ" މި ބަސްވެސް ބޭނުންކުރަމުންގޮސްފައިވެއެވެ.

މި މައުލޫގައި އަޝްރަފް އިތުރަށް ވިދާޅުވެފައިވަނީ "ގަނާ ކުރުމުގައި ސަމާސާއެއް ނޯންނާނެ" ކަމަށެވެ. އެހެންވެ މާނަ ފުށު އަރާތީ އެގޮތަށް ނިންމޭ ވަކި ލަފްޒަކީ ގަނާ ކަމުގައި އަޝްރަފް ވިދާޅުވެފައިވެއެވެ.

ނަމަވެސް ދިވެހި ބަހުގެ ރަދީފް އެކުލެވޭ ވެބްސައިޓްތަކުން "ގަނާ" މި ބަސް ނުފެނެ އެވެ. އެހެންނަމަވެސް "ހަނގާ" މި ބަސް ފެނެއެވެ. "ހަނގާ" މި ބަހުގެ މާނައިގެ ގޮތުގައި ރަދީފުގައި ބުނެފައިވަނީ (ކުރާއުނދަގޫ، ތޮޅޭތޮޅުން، ޅަކުއްޖާ މީހަކާ އަޅާލައިގެން އެޖައްސާ ވައްތަރު.(ޏ.) ބުޅާކުޅުވާ ފިހިގަނޑު) މިހެންނެވެ.

ހަނގާކުރުން މިބަހުގެ މާނައިގެ ގޮތުގައި ރަދީފުގައި ބުނެފައިވަނީ އުނދަގޫކުރުން، ތޮޅުން އަދި ސަމާސާ ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް