ކެމްޕޭން ކުރެއްވުމަށް ފައިސަލް ނަސީމް ށ އަތޮޅަށް

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕޭން ކުރެއްވުމަށް ށ. އަތޮޅަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ. ށ އަތޮޅަށް ފައިސަލް މިކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަ...

26 Aug 2018 | 04:38

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕޭން ކުރެއްވުމަށް ށ. އަތޮޅަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ. ށ އަތޮޅަށް ފައިސަލް މިކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ފައިސަލް ގެ މިދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދޮރުން ދޮރުން ހިންގަވާނެ އެވެ.

ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ގެންދަވަނީ ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ހާލު ބައްލަވަމުންނެ ވެ. އެގޮތުން އިބޫ އެންމެ ފަހުން ވަޑައިގަތީ ނ އަދި ރ އަތޮޅުގެ ރަށްތަކަށެވެ. ފައިސަލް އެންމެ ފަހުން ވަޑައިގަތީ އުފަށް ރަށް ކަމަށްވާ ފުވައްމުލަކަށެ ވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް