ރާއްޖެ ހިފުމުގެ ވިސްނުމެއް ނެތް: އިންޑިއާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ އަރާ ރާއްޖެ ހިފަންޖެހޭނެ ކަމަށް އިންޑިއާގެ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމަނިއަނ...

26 Aug 2018 | 04:07

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ އަރާ ރާއްޖެ ހިފަންޖެހޭނެ ކަމަށް އިންޑިއާގެ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމަނިއަން ސްވާމީ ކުރި ޓްވީޓަކީ އެއީ އޭނާގެ އަމިއްލަ ވިސްނުން ކަމަށާއި އެއީ އިންޑިއާގެ ވިސްނުން ނޫންކަމަށް އިންޑިއާއިން ބުނެފި އެވެ.

މިހެން ބުނެފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ރަވީޝް ކުމާރެވެ.

އިންޑިއާއިން މިހެން ބުނެފައިވާއިރު އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއިގުޅިފައިވާ ކޯލީޝަންގެ ޕާޓީތަކުންވަނީ ސްވާމީގެ އެ ޓްވީޓް ކުށްވެރިކޮށްފައެވެ.

ސްވާމީއަށް ރައްދުދެއްވާ އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްވާމީގެ އެ ޓްވީޓް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެންމެ މުހިންމީ ރާއްޖޭގެ މިނިވަންކަން ކަމަށެވެ. އިބޫގެ އިތުރުން އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމްވެސް ސްވާމީގެ އެ ވާހަކަ ކުށްވެރިކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް