ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އޭނާގެ ފޭސްބުކް ޕޭޖްގައި ނަގާފައިވާ ޕޯލް އަކުން އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް ބޮޑުތަނުން ކާމިޔާބު ހޯއްދަވައިފި އެވެ.
އެ ޕޭޖްގައި ނެގި ޕޯލް އިއްޔެ ނިމިފައިވާއިރު ޕޯލަށް އަށް ހާހަށްވުރެ ގިނަ މީހުން ވޯޓް ދީފައިވެއެވެ. ވޯޓް ދީފައިވާ މީހުންގެ 87 އިންސައްތަ މީހުން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓް ދީފައިވާއިރު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވޯޓް ދީފައިވަނީ އެންމެ 13 އިންސައްތަ މީހުންނެވެ.
މި ޕޯލްގައި ބޮޑުތަނުން އިދިކޮޅު ކެނޑިޑޭޓް ކުރި ހޯއްދަވާފައިވާއިރު ސޯޝަލް މީޑިއާގައި ނެގޭ މިފަދަ ޕޯލްތަކުން އާންމުގޮތެއްގައި ރައީސް ޔާމީން އުޅުއްވަނީ ވަރަށް ފަހަތުގައެވެ. ނަމަވެސް ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި މިފަދަ ޕޯލްއަކުން އަސްލު މަންޒަރެއް ނުފެންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް