އިންތިހާބެއްގައި ވޯޓު އޮޅުވާލުމުގެ ދުނިޔޭގެ ރެކޯޑު އަދި އޮތީ ލައިބީރިއާގައި

ދުނިޔޭގެ ރެކޯޑު ފޮތް "ދަ ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް" އަށް ތަފާތު ކަންކަން އަރާފައި ހުރެއެވެ. އެގޮތުން އިންތިހާބެއްގައި ވޯޓު އޮޅުވާލުމުގެ ދުނިޔޭގެ ރެކޯޑުވެސް އެފޮތުގައި ހިމެނެއެވެ. އިންތިހާބެއްގަ...

26 Aug 2018 | 03:17

ދުނިޔޭގެ ރެކޯޑު ފޮތް "ދަ ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް" އަށް ތަފާތު ކަންކަން އަރާފައި ހުރެއެވެ. އެގޮތުން އިންތިހާބެއްގައި ވޯޓު އޮޅުވާލުމުގެ ދުނިޔޭގެ ރެކޯޑުވެސް އެފޮތުގައި ހިމެނެއެވެ.

އިންތިހާބެއްގައި ވޯޓު އޮޅުވާލުމުގެ ދުނިޔޭގެ ރެކޯޑު އަދި އޮތީ ލައިބީރިއާގައެވެ. އެއީ 1927 ވަނަ އަހަރުގެ އެ ގައުމުގެ އާންމު އިންތިހާބުގެ ވޯޓެވެ.

ވޯޓު އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރީ މަތީގައިއެވާ ފޮޓޯއިން ފެންނަ ޗާލްސް ޑީ ބީ ކިންގް އެވެ. އޭނާއާއި ވާދަކުރީ ތޯމަސް ޖޭ ފޯލްކަރ ނަމަކަށް ކިޔާ މީހެކެވެ.

އެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީ ކުރީ 15 ހާހަށްވުރެ މަދު ރައްޔިތުންނެވެ. ނަމަވެސް ޗާލްސް ޑީ ބީ ކިންގް އެ އިންތިހާބު ކާމިޔާބު ކުރެއްވީ 243000 (ދެލައްކަ ސާޅީސް ތިންހާސް) ވޯޓުންނެވެ. އިދިކޮޅު ކެނޑިޑޭޓަށް ލިބުނީ އެންމެ ނުވަހާސް ވޯޓެވެ. ޗާލްސް ޑީ ބީ ކިންގް އެ އިންތިހާބު ކާމިޔާބުކުރެއްވީ 96 އިންސައްތައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް