އިންޑޮނޭޝިޔާ ރައްޔިތަކު އޭނާގެ ކުރީގެ އަނބިމީހާއަށް ދޭންޖެހުނު ހަތް ލައްކައަށްވުރެ ގިނަ އިންޑޮނޭސިއަން ރުޕީސް، ވަކި ލާރިން ދީފި އެވެ.
މިދިޔަ ހަފްތާގައި ހިނގި މި ހާދިސާގައި ވީ ސުސިލާތޯ ނަމަކަށްކިޔާ އެމީހާ ކޯޓަށް ދިޔައީ ތިން ބަރޮލަށް ވަކިލާރި ބަރުކޮށް ދެ ރަހުމަތްތެރިއަކާއެކު ތިން ބަރޯ ހިފައިގެންނެވެ.
އަންހެން މީހާގެ ލޯޔަރު އެ ފައިސާއާއި ހަވާލުނުވާނެ ކަމަށް ފުރަތަމަ ބުނި ނަމަވެސް އެ ފައިސާ ކޯޓު މުވައްޒަފުން ގުނައިދިނުމުން އެ ފައިސާއާއި އަންހެންމީހާގެ ވަކީލު ވަނީ ހަވާލުވެފައެވެ.
ތިން ބަރޮލުގައި ވަކިލާރި ގެންދިޔަ ސުސިލާތޯ ބުނެފައިވަނީ އޭނާއަކީ ބޮޑު ފަގީރެއް ކަމަށް އޭނާގެ ކުރީގެ އަނބިމީހާ، މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވާކަމަށާއި އެހެންކަމުން ފަގީރަކަށް ދެވޭނީ ވަކިލާރިކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް