އެމްއާރުއެމްގެ މެނިފެސްޓޯ އާންމުކޮށްފި

ރައީސް މައުމޫނަށް ތާއީދުކުރައްވާ ފަރާތްތަކުން އުފައްދާފައިވާ މައުމޫން ރިފޯމް މޫވްމެންޓްގެ މެނިފެސްޓޯ އާންމުކޮށްފިއެވެ. މި މޫވްމެންޓަކީ ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވ...

26 Aug 2018 | 02:44

ރައީސް މައުމޫނަށް ތާއީދުކުރައްވާ ފަރާތްތަކުން އުފައްދާފައިވާ މައުމޫން ރިފޯމް މޫވްމެންޓްގެ މެނިފެސްޓޯ އާންމުކޮށްފިއެވެ.

މި މޫވްމެންޓަކީ ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކޯލީޝަނާއި ގުޅި އިދިކޮޅު ކޯލީޝަނާއެކު މަސައްކަތްކުރުމަށް އުފެއްދި މޫވްމެންޓެކެވެ.

މި މެނިފެސްޓޯގައި ރައީސް މައުމޫންގެ އިސްލާހީ މަސައްކަތްތައްކަށް އަލިއަޅުވާލާފައިވެ އެވެ.

އެމްއާރުއެމްގެ މެނިފެސްޓޯގެ އަމާޒުކަމަށް ބަލާފައިވާ ކަންތައް:

  • އިސްލާމީ ހިދާޔަތްކަންމަތީ ދެމިއޮތުން
  • ގައުމީ ތަރިކަ ދެމި އޮތުން
  • ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުން
  • ބައިންލައަގްވާމީ މައިދާނުގައި ދިވެހިރާއްޖެއަކީ ސުލްހަވެރިކަމަށް ލޯބިކުރާ، ބަސްވިކޭ، ގަދަރު ލިބިފައިވާ ގައުމެއްގެ ގޮތުގައި ދެމިއޮތުން
  • ރިޔާސީ ނިޒާމުގެ ތެރެއިން ދިވެހިންގެ ވެރިކަމާއި ދައުލަތް ބައްޓަންކުރެވި ހަރުދަނާވަމުންދިޔުން
  • އިންސާފުގެ އަސާސްތައް ގާއިމްކޮށް އެކަންކަމަށް އަމަލުކުރާކަން ޔަގީންކުރުން
  • ގައުމުގެ ރައުސުލްމާލީ ވަސީލަތްތައް އެންމެ ފައިދާކުރުވަނިވި ގޮތެއްގައި ބޭނުންކުރުން
  • ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ނިޒާމެއް ގާއިމްކޮށް ފުޅާކުރުން
  • އިޖްތިމާއީ އަދާލަތައް އިސްކަންދީ، ކަންކަން ހަރުދަނާކުރުން
  • ރޭވުންތެރިކަމަށް އިސްކަންދީގެން ތަރައްގީ ފުޅާކުރުން
  • ހިދުމަތްތަކުގެ ވިއުގަ އެކުލެވޭ ނިޒާމްތައް ހަރުދަނާކޮށް ކުރިއެރުވުން
  • ރައްޔިތުން ބިންވެރި ކުރުވުން
  • ޒުވާނުންގެ ރައުސުލްމާލު ތަނަވަސްކޮށް، ދުޅަހެޔޮ ހަރުދަނާ ޒުވާނުން އުފެއްދުން
  • އިޖްތިމާއީ ފޭރާން ބަދަހިކޮށް ވަރުގަދަކުރުން
  • ގުދުރަތީ މާހައުލު ހިމާޔަތްކޮށް ދެމެހެއްޓުން

ޖުމްލަ 24 ސޮފުހާގެ މައްޗަށް އެކުލެވޭ މި މެނިފެސްޓޯ އާންމުކޮށްފައިވަނީ އެމްއާރުއެމްގެ ރަސްމީ ވެބްސައިޓުގައިއެވެ. ވެބްސައިޓުގެ އެޑްރެސްއަކީ www.mrmmaldives.org  އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް