ބޮލީވުޑް ބަތޮލު ސިއްދާތު މަލްހޯތުރާ ހުރީ ސިންގަލްކޮށް ކަމުގައި އޭނާ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައެވެ. އޭނާ ބުނެފައިވަނީ ލޯބި ހޯދަން މިވަގުތު ނޫޅޭ ކަމަށާއި މިވަގުތު އިސްކަމެއް ދެނީ ހުވަފެން ސީދާ ކުރުމަށް ކަމަށެވެ. އުންމީދުތައް ހާސިލުކުރުމަށް ކަމަށެވެ.
ސިއްދާތު އިތުރަށް ބުނެފައިވަނީ އޭނާ ކައިވެންޏަކާއިމެދު ވިސްނާނީ އުމުރުން 40 އަހަރުން މަތިވުމުން ކަމަށެވެ.
ފިލްމީ ދާއިރާގައި ސިއްދާތު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފިލްމު "ޖަބަރިޔާ" ގެ ޝޫޓިންއެވެ. އެ ފިލްމުގައި ސިއްދާތާއެކު ފެނިގެންދާނީ ޕަރީނީތީ ޗޯޕްރާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް