ޗުއްޓީ ހޭދަކޮށްލުމަށް ބޮލީވުޑްގެ މަޝްހޫރު ބަތޮލާ ޕަރީނީތީ ޗޯޕްރާ ރާއްޖެ އަތުވެއްޖެއެވެ.
އޭނާގެ އިންސްޓަގްރާމުން ފެންނަން ހުރި މައުލޫމާތުތަކަށް ބަލާލާއިރު އޭނާ ރާއްޖެއައީ މިދިޔަ ހުކުރު ދުވަހު އެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ލަކްސް ސައުތު އަރި އެޓޯލް ގައެވެ. އަދި ޗުއްޓީގެ ދިގުމިނަކީ ތިން ދުވަސްކަމަށް ބެލެވެއެވެ.
2011 ވަނަ އަހަރު "ލޭޑީސް ވީއެސް ރިކީ ބާލް" އިން ބޮލީވުޑް ފިލްމު އިންޑަސްޓްރީ އަށް ނިކުތް ޕަރީނީތީ މިހާތަނަށް ކާމިޔާބު ނުވަ ފިލްމެއް ކުޅެފައިވެއެވެ.
މިހާރުވެސް ހަތަރު ފިލްމެއްގެ މަސައްކަތްކުރަމުން އަންނައިރު ދެން އެންމެ އަވަހަށް ރިލީޒްވާނެ ކަމަށް ބެލެވެނީ "ނަމަސްތޭ އިންގްލޭންޑް" އެވެ. މި ފިލްމު މި އަހަރުގެ އޮކްޓޯބަރު 19 ގައި ރިލީޒްކުރަން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް