މިހާތަނަށް ފެންމަތިވެފައިވާ މައުލޫމާތު ތަކަށް ބުރަވާއިރު އެޕަލްއިން އައިފޯނުގެ ތިން މޮޑެލެއް މި އަހަރު ބާޒާރަށް ނެރޭނެއެވެ.
ބެލެވޭގޮތުގައި އަންނަ މަހުގެ 12ގައި މި ފޯނުތައް ތައާރަފްކުރާނެއެވެ. އަދި 15ގައި ޕްރީ އޯޑަރަށް ހުޅުވާލާނެ އެވެ.
މިފަހަރު މިއޮތީ އެހެންވާހަކައެކެވެ. އެއީ ދެން ނިކުންނަ އައިފޯނުތަކުގައި ބެޓެރި ހުސްވާލެއް ލަސްވާނެކަމުގެ ވާހަކައެވެ. އައިފޯނު ތުނި ވުމުގެ ސަބަބުން ބެޓެރީއަށް ދެވޭ ޖާގަ މަދުވެ ބެޓެރީ ކެޕޭސިޓީ ދަށްވާކަމުގެ ވާހަކަ އަބަދުވެސް ދެކެވެއެވެ. އަދި ފޯނު ތަންކޮޅެއް ބޯކޮށްލާފައިނަމަވެސް ބެޓެރީ ކެޕޭސިޓީ ރަނގަޅުކޮށްލަދިނުމަށް އައިފޯނަށް ލޯބިކުރާ މީހުންވެސް އެދޭކަމަށްވެއެވެ.
ނަމަވެސް އިއްޔެ ހާމަވި މައުލޫމާތުތަކަށް ބުރަވާއިރު އައިފޯނު ބޮލެއް ނުކުރާނެއެވެ. ކުރިޔަސް ކުރާނީ ތުންޏެވެ. ނަމަވެސް ބެޓެރީ ޓެކްނޮލޮޖީއަށް އިންގިލާބެއް ގެނުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކަން ހާސިލުކުރަން އެޕަލް އިން ބޭނުންކުރާ ޓެކްނޮލޮޖީއަކީ ޑިސްޕްލޭގެ ޕިކްސެލް ވަކި ވަކިން އޮން/އޮފް ކުރެވޭ ޓެކްނޮލޮޖީއެއް ކަމަށާއި މި ޓެކްނޮލޮޖީ ބޭނުން ކުރުމުން ބެޓެރީގެ ޗާޖު ދަށްވާ މިންވަރު 15 ޕަސެންޓާއި 25 ޕަސެންޓާއި ދެމެދަށް ދަށްކޮށްދޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް