މިއީ އާއްމު ކަމަކަށްވެދާނެ އެވެ. ދިރާސާތަކުން ހެކި ދެނީ އެގޮތަށެވެ. އެގޮތުން ބައެއް ދިރާސާތަކުން ދައްކާފައިވާގޮތުގައި 60 އިންސައްތަ މީހުންނަށް މިފަދަ ހުވަފެން ފެނެއެވެ. އަދި އަންހެން ކަނބަލުންނަށް މިފަދަ ހުވަފެން ފެނުން ގިނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ގިނަ ފަހަރަށް ފެންނަނީ ކުރީގެ ލޯބިވެރިޔާއާއެކު ވަގުތު ހޭދަކުރާ ހުވަފެން ކަމަށާއި އަދި މަދުން ނަމަވެސް ނުދަންނަ މީހަކާއެކު ހުވަފެނެއްގައި ލޯބީގެ ގުޅުމެއްގައި ވަގުތު ހޭދަކުރާތަން ފެނިދާނެއެވެ. އަދި ހޭލެވި އެކަމާ ކަޑަވެ އެކަމާ ވިސްނާ ވިސްނާ ސިކުނޑި ސުމަކަށްދާ މީހުންވެސް އުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
އެގޮތުން ދާދިފަހުން އިނގިރޭސި ވިލާތުގައި 1000 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދައްކާފައިވާގޮތުގައި އޭގެ ތެރެއިން 600 އަށްވުރެ ގިނަ މީހުންނަށް މިފަދަ ހުވަފެން ފެނެއެވެ. އެ 600ގެ ތެރެއިން ގިނައީ އަންހެނުންކަން ފާހަގަކޮށްފައިވެއެވެ.
ދިރާސާގައި ބައިވެރިވި ގިނަ މީހުންގެ ސުވާލަކަށްވީ ހުވަފެނުގައި ބައިވެރިޔާއަށް ބޭވަފާތެރި ވެވޭނަމަ އޭގެ މާނައަކި ކޮބައިތޯ އުފެދުނު ސުވާލެވެ.
މި ސުވާލަށް ޖަވާބުދެމުން ސައިކޮލޮޖިސްޓެއް ކަމުގައިވާ ޑރ. ކެރިން އެންޑަސަން އެބްރެލް ބުނެފައިވަނީ ހުވަފެނުގައި ބައިވެރިޔާއަށް ބޭވަފާތެރިވާތަން ފެނުން އެކަށީގެންވާ ކަންތައްތަކެއް ހުންނަ ކަމަށެވެ.
އެގޮތުން ކުރީގެ ބައިވެރިޔާއާއެކު ވަގުތު ހޭދަކުރާތަން ހުވަފެނުން ފެންނަ ނަމަ އޭގެ އެއް މާނައަކީ އެ ހަނދާންތައް ފޮހެލަން ސިކުނޑި މަސައްކަތްކުރާކަން ކަމުގައި ޑރ. ކެރިން ބުނެފައިވެއެވެ. އަދި ކުރީގެ ހަނދާންތައް ސިކުނޑީގައި ރައްކާކުރެވިފައި ހުންނައިރު ނިދީގައި ސިކުނޑި އެ ހަނދާންތައް ދާއިމަށް "ރިސައިކަލް" ކުރަން މަސައްކަތްކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
އަނެއް ސަބަބެއް ކަމަށް ޑރ ބުނެފައިވަނީ ބައިވެރިޔާއާއެކު ހޭދަކުރެވޭ ވަގުތު މަދުވުމެވެ. އޭގެ ސަބަބުން ސިކުނޑި އެ ވިސްނުމުގައި، ނިދީގެ ތެރޭގައި މަސައްކަތްކުރާއިރު ބައިވެރިޔާއާއެކު "ކޮލިޓީ" ހަނދާންތަކެއް ބިނާ ނުކުރެވިވާނަމަ ދެން ހިޔާލީ ފޮލާ ނުވަތަ މާޒީން އެފަދަ ހަނދާންތަކެއް ސިކުނޑި ގެނެސްދެނީ ކަމަށްވެސް ޑރ ކެރިން ބުނެފައިވެއެވެ.
ކޮންމެއަކަސް ޑރ. ކެރިން ބުނެފައިވާގޮތުގައި ބައިވެރިޔާއަށް ދޯކާ ދިނުން ހުވަފެނުގައި ފެނުމަކީ ބައިވެރިޔާއަށް ހަގީގަތުގައިވެސް ދޯކާދޭން ސިކުނޑި ބުނެދޭ ބުނެދިނުމެއް ނޫން ކަމަށާއި އެހެންނަމަވެސް ބައިވެރިޔާއަށް ދޯކާ ދޭ މަންޒަރު ހަމަ ކޮންމެ ކޮންމެ ރެއަކު ފެންނަ ނަމަ އެކަމާއި ކޮންމެވެސް ވަރަކަށް ވިސްނާ ބައިވެރިޔާއާއެކު އޮންނަ ގުޅުން "އިވޭލުއޭޓް" ކޮށްލުމަކީ ނެތްކަމެއް ނޫންކަމުގައިވެސް ޑރ. ކެރިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް