ޢީދަށް ހަދިޔާ ގަނެލަން ދާންވީ ޕޮއިޒް އަށް، ހަމަ ކޮންމެ މީހަކަށްވެސް ވަގުތުން އިނާމު ލިބޭނެ

މި އަހަރުގެ އަޟްހާ ޢީދާ ދިމާކޮށް ޕޮއިޒް ފިހާރައިން ވިޔަފާރިކުރައްވާ ހަމަ ކޮންމެ ފަރާތަކަށް ހާއްސަ ޢީދު ހަދިޔާއެއް ލިބޭނެހެން ޕްރޮމޯޝަނެއް ކުރިއަށް އެބަ ގެންދެއެވެ. މިއަދުން ފެށިގެން އަޟްހާ ޢީދުގެ ނިޔަ...

26 Jul 2020 | 13:06

މި އަހަރުގެ އަޟްހާ ޢީދާ ދިމާކޮށް ޕޮއިޒް ފިހާރައިން ވިޔަފާރިކުރައްވާ ހަމަ ކޮންމެ ފަރާތަކަށް ހާއްސަ ޢީދު ހަދިޔާއެއް ލިބޭނެހެން ޕްރޮމޯޝަނެއް ކުރިއަށް އެބަ ގެންދެއެވެ.

މިއަދުން ފެށިގެން އަޟްހާ ޢީދުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާއިރު ވިޔަފާރިކުރައްވާ ހަމަ ކޮންމެ ފަރާތަކަށް ޑިސްކައުންޓް ނުވަތަ ގިފްޓް ނުވަތަ ގިފްޓް ވައުޗަރ ލިބިލައްވާނެއެވެ. ނަސީބު އަގުވަޒަން ކޮށްލަން ލިބޭ މި ރަނުގެ ފުރުސަތުގައި ލިބޭ ގިފްޓް ވައުޗަރގެ ތެރޭގައި 50 ރުފިޔާ، 100 ރުފިޔާ، 200 ރުފިޔާ އަދި 500 ރުފިޔާގެ ގިފްޓް ވައުޗަރ ހިމެނެއެވެ. މި ގިފްޓް ވައުޗަރ އާއިލާގެ އެހެން މެމްބަރަކަށް، ނުވަތަ ގާތް ރަހުމަތްތެރިއަކަށް ޢީދު ހަދިޔާއެއްގެ ގޮތުގައިވެސް ދެވިދާނެއެވެ. ގިފްޓެއް ލިބިލައްވާނަމަ އެ ގިފްޓަކީވެސް ޢީދު ހަދިޔާއެއްގެ ގޮތުގައި އެހެން ފަރާތަކަށް ހަދިޔާ ކޮށްލެވިދާނެ އަގުހުރި ހަދިޔާއަކަށް ވެގެންދާނެއެވެ. ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށްވެސް ހަމަ ވަގުތުން އިނާމު ލިބިގެންދާނެއެވެ.

ޕޮއިޒް އަކީ ދިވެހިންނަށް ކޮލިޓީ، މީރުވަސް ދުވާ ސެންޓް، ބޮޑީ ސްޕްރޭ ވަރަށް ހާއްސަ އަގުތަކެއްގައި އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީ، އަދި މުޅި ރާއްޖެއަށް މީރުވަސް އަދި އުފާވެރިކަން ގެނެސްދެމުން އަންނަތާ އެތައް އަހަރެއް ވެފައިވާ، ކޮސްމެޓިކްސްގެ ވިޔަފާރީގައި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ވިޔަފާރިއެކެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ 0% ގޭސް ބޮޑީ ސްޕްރޭ ތައާރަފް ކުރީވެސް ޕޮއިޒް އިންނެވެ. އެއީ ދުނިޔޭގެ މަޝްހޫރު ފޮގް ބްރޭންޑްގެ ބޮޑީ ސްޕްރޭ އެވެ.

މީގެ އިތުރުންވެސް އަންހެން ބޭފުޅުންނަށް ހާއްސަ ބޮޑީ ސްޕްރޭ ތަކާއި މިލިޓަރީ ބޭފުޅުންނަށް ހާއްސަކޮށްގެން އައިއެފްއައިގެ ރޭންޖާރސް ބޮޑީ ސްޕްރޭއަދި އަދި ކުޅިވަރު ކުޅުއްވާ ބޭފުޅުންނަށް ހޮޓް އައިސް ސްޕޯޓްސްވެސް ޕޮއިޒް އިން ވަނީ ތައާރަފް ކޮށްފައެވެ. އަދި އެކި ރޭންޖްތަކުގެ ސެންޓުތަކާއި ބްރޭންޑެޑް ސެންޓުތައްވެސް ޕޮއިޒް އިން ލިބިލައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް