ނޭޕާލުގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 108 އަށް

ފާއިތުވި ދެ ހަފްތާގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ނޭޕާލުގައި މަރުވި މީހުންގެ އަދަދު 108 އަށް އަރާފައިވާކަމަށް އެ ގައުމުގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ. 108 މީހަކު މަރުވެފައ...

26 Jul 2019 | 14:30

ފާއިތުވި ދެ ހަފްތާގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ނޭޕާލުގައި މަރުވި މީހުންގެ އަދަދު 108 އަށް އަރާފައިވާކަމަށް އެ ގައުމުގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

108 މީހަކު މަރުވެފައިވާއިރު 33 މީހަކު ގެއްލިފައިވެއެވެ.

ވިއްސާރައިގާ ފެންބޮޑުވެ ގިނަ ސަރަހައްދުތަކެއް ދިރިނޫޅެވޭވަރަށް އަދިވެސް ފެންބޮޑުވެފައިވާއިރު މޫސުން އަދިވެސް އެއްކޮށް ރީތިވެފައެއް ނުވެއެވެ. ސަލާމަތީ އައްސޭރިތަކަށް މީހުން ގެންދިއުމުގެ މަސައްކަތް އެ ގައުމުގެ ސަލާމަތީ ބާރުތަކުން އަންނަނީ ކުރަމުންނެވެ.

މި ވިއްސާރައިގެ އަސަރު އެގައުމުގެ 70 ޑިސްޓްރިކްޓްގެ ތެރެއިން 35 ޑިސްޓްރިކްޓަކަށް ކޮށްފައިވެއެވެ.

މި ވިއްސާރަ އަދިވެސް އަލިވެފައިނުވާއިރު މި ވިއްސާރައާއި ގުޅިގެން ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބިރުވެސް މިހާރު އުފެދިފައިވާކަމަށް އެގައުމުގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް