ދެކުނު ކޮރެއާގައި އުމުރުން އެންމެ ހަ އަހަރުގެ ޔޫޓިއުބް ތަރިއަކު 11 މިލިޔަން ޑޮލަރުގެ އަގު ހުރި އިމާރާތެއް ގަނެފިއެވެ.
ބޯރަމް ނަމަކަށް ކިޔާ މި ކުއްޖާ މި އިމާރާތް ގަނެފައިވަނީ ވެރިރަށް ސޯލްގެ އެންމެ ތަރައްގީވެފައިވާ އެއް ސަރަހައްދުންނެވެ.
ބޯރަމްގެ ދެ ޗެނަލް ޔޫޓިއުބްގައި ހިންގައެވެ. ދެ ޗެނަލްގައި 31 މިލިޔަނަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. އޭގެން އެއް ޗެނަލަކީ ބޯރަމް ޓިއުބް ޓޯއީސް ރިވިއު އަނެއް ޗެނަލަކީ ބޯރަމް ޓިއުބް ވީލޮގް އެވެ. މި ދެ ޗެނަލަށް މަހެއްގެ މައްޗަށް 4.2 މިލިޔަން ޑޮލަރު ލިބެއެވެ.
ބޯރަމް އާއި ބޯރަމްގެ އާއިލާ ދިރިއުޅުމަށް ގަތް މި އިމާރާތަކީ ފަސް ބުރީގެ އިމާރާތެކެވެ.
ބޯރަމްގެ ޗެނަލްތަކުގައި އެ ކުއްޖާގެ ދިރިއުޅުން ދައްކުވައިދެމުން ގެންދެއެވެ. މި ޗެނަލްތައް ހިންގަނީ މި ކުއްޖާގެ ބެލެނިވެރިންނެވެ. މި ކުއްޖާގެ ބެލެނިވެރިން ބޯރަމް ބޭނުންކޮށްގެން މި ޗެނަލްތައް ހިންގާތީ އެ ގައުމުގެ ޖަމިއްޔާއަކުން އެ މައްސަލަ ކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ އޭރު ނިމުނީ ބޯރަމްގެ ބެލެނިވެރިންނާއި އެއްކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް