ދިރާގުގެ ބިޒްނަސް ސަޕޯރޓް ސިސްޓަމް އަޕްގްރޭޑް މަސައްކަތުގު ބޮޑުބައެއް ވަނީ މިހާރު ކާމިޔާބުކަމާއެކު ނިމިފައިވާކަމަށް ދިރާގުން ބުނެފިއެވެ.
އެގޮތުން ތިރީގައި މިވާ ސަޕޯޓް ޚިދުމަތް ކުރިއެކޭ އެއްގޮތަށް މިހާރު ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ކަމުގައި ދިރާގުން ބުނެފައިވެއެވެ.
o ރީލޯޑް އަދި ރީޗަރޖްއާ ގުޅޭ ޚިދުމަތްތައް
o މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
o ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް
o މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)
o ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނަރ ޝޮޕްތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
ދިރާގުން ބުނެފައިވާގޮތުގައި މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ތަފާތު މަރުހަލާތަކަށް ބެހިގެންދާ މަސައްކަތެކެވެ. އެގޮތުން ކުރިއަށް އޮތް މަސްތަކުގައިވެސް މި އަޕްގްރޭޑްގެ ތަފާތު މަރުހަލާތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުމެން އެންމެ އިސް ކަމެއް ދެނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިޔުމަށެވެ.
"މި އަޕްގްރޭޑްގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުން ބޭނުންކުރާ ޚިދުމަތްތަކުގެ ތަޖްރިބާ ރަނގަޅުކުރުމެވެ. " ދިރާގުން ބުނެފައިވެއެވެ.
ދިރާގުން އިއްޔެ ބުނެފައިވަނީ ދިރާގުގެ ޚިދުމަތްތަކަށް ބުރޫ އަރައި، ޚިދުމަތްތައް މެދުކެނޑުނީ ދިރާގުގެ ބިޒްނަސް ސަޕޯޓް އަފްގްރޭޑް ކުރާތީ ކަމަށެވެ.
ދިރާގުން އިތުރަށް ބުނެފައިވަނީ މި މަސައްކަތާ ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށާއި އަދި ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި ކެތްތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް