އަކްޝޭ ކުމާރު ދެން ކުޅެނީ "ބައްޗަން ޕާންޑޭ"

ބޮލީވުޑް އެކްޝަން ސްޓަރ، އަކްޝޭ ކުމާރު ދެން ކުޅޭނެ ފިލްމަކީ "ބައްޗަން ޕާންޑޭ" ކަމުގައި އިއުލާނު ކޮށްފިއެވެ. ޕޯސްޓަރަކާއެކު ސޯޝަލް މީޑިއާގައި އަކްޝޭ ބުނެފައިވަނީ އެ ފިލްމު އަންނަ އަހަރުގެ ކްރިސްމަސްގައ...

26 Jul 2019 | 08:58

ބޮލީވުޑް އެކްޝަން ސްޓަރ، އަކްޝޭ ކުމާރު ދެން ކުޅޭނެ ފިލްމަކީ "ބައްޗަން ޕާންޑޭ" ކަމުގައި އިއުލާނު ކޮށްފިއެވެ.

ޕޯސްޓަރަކާއެކު ސޯޝަލް މީޑިއާގައި އަކްޝޭ ބުނެފައިވަނީ އެ ފިލްމު އަންނަ އަހަރުގެ ކްރިސްމަސްގައި ރިލީޒް ކުރާނެ ކަމަށެވެ. އެ ފިލްމަކީ ސާޖިދު ނާދިއާދުވާލާ ޕްރޮޑިއުސްކޮށް ފަރްހާދު ސާމްޖީ ޑައިރެކްޓް ކުރާ ފިލްމެއް ކަމުގައިވެސް އަކްޝޭ ބުނެފައިވެއެވެ.

މި ފިލްމާއި ބެހޭގޮތުން އަދި މާ ގިނަ މައުލޫމާތުތަކެއް ހާމަވެފައެއް ނުވެއެވެ.

މި އަހަރުވެސް އަކްޝޭ ކުމާރުގެ އެއް ފިލްމު ރިލީޒް ކޮށްފައިވެއެވެ. އެއީ ކޭސަރީ އެވެ. އިތުރު ތިން ފިލްމެއްގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށްދާއިރު ސޫރިޔާވާންޝީ ނަމަކަށް ކިޔާ ފިލްމެއްގެ ޝޫޓިން ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް