ޝާރްޖާގެ އަންހެން ނުވަ ކުއްޖަކު ކިލިމަންޖާރޯ ފަރުބަދައަށް އަރަން ތައްޔާރުވަނީ

އެކުވެރި އަރަބި އިމާރާތުގެ ސިޓީއެއް ކަމުގައިވާ ޝާރްޖާގެ އަންހެން ނުވަ ކުއްޖަކު، އެފްރިކާ ބައްރުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ކިލިމަންޖާރޯއަށް އަރަން ތައްޔާރުވަމުން އަންނަ ކަމުގައި އެ ގައުމުން ރިޕޯޓ...

26 Jul 2019 | 07:17

އެކުވެރި އަރަބި އިމާރާތުގެ ސިޓީއެއް ކަމުގައިވާ ޝާރްޖާގެ އަންހެން ނުވަ ކުއްޖަކު، އެފްރިކާ ބައްރުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ކިލިމަންޖާރޯއަށް އަރަން ތައްޔާރުވަމުން އަންނަ ކަމުގައި އެ ގައުމުން ރިޕޯޓްކޮށްފިއެވެ.

މި ކުދިންނަކީ "ސަޖާޔާ ޔަންގް ލޭޑީސް އޮފް ޝާރްޖާ" ނަމަކަށް ކިޔާ ޖަމިއްޔާއަކަށް ނިސްބަތްވާ ކުދިންތަކެކެވެ. މި ނުވަ ކުދިންނަކީވެސް 18 އަހަރުން ދަށުގެ ކުދިންނެވެ.

އެ ޖަމިއްޔާއާއި ހަވާލާދީ އެމިރޭޓްސް 7/24ގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުދިން އެ ފަރުބަދައަށް އަރާނީ އަންނަ އޮގަސްޓް މަހުގެ 21 އިން 31 އަށެވެ. މި ހަރަކާތަކީ އެ ޖަމިއްޔާގައި ހިމެނޭ މެމްބަރުން ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ކުރުމުގެ ނިޔަތުގައި ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތެއް ކަމުގައި އެ ޖަމިއްޔާއިން ބުނެފައިވެއެވެ. ކޮންމެ އަހަރަކު އެ ޖަމިއްޔާއިން ހިޔާރު ކުރަނީ ތަފާތު ކަމެކެވެ.

އެގޮތުން މިދިޔަ އަހަރު އެ ޖަމިއްޔާގެ މެމްބަރުން އަރާފައިވަނީ މޮރޮކޯގެ މައުންޓް ޓޯބްކަލަށެވެ. އެ ފަހަރު އެ ފަރުބަދަ އެރި ޓީމުގައި އުމުރުން 13 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

މި ޖަމިއްޔާގެ މި ހަރަކާތަކީ ގައުމީ ހަރަކާތަކަށް ވެގެންދާނެ ކަމަށާއި އަދި މިއީ ގައުމީ ތާރީހުގައި ލިޔެވޭނެ ހަރަކާތެއް ކަމުގައި އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް