ތިން އެކްޓިވިސްޓަކަށް ތިން ވުޒާރާއެއްގެ ޑިރެކްޓަރުކަން

މީސްމީޑިއާގައި ފާހަގަކޮށްލެވޭ، އެމްޑީޕީގެ ތިން އެކްޓިވިސްޓުން ކަމުގައިވާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) އަހްމަދު އަންވަރު (ސިމް ވަރ) އަދި އިބްރާހިމް އައްސަދަށް ތިން ވުޒާރާއަކުން ޑިރެކްޓަރުކަން ދެއްވަ...

26 Jun 2019 | 12:07

މީސްމީޑިއާގައި ފާހަގަކޮށްލެވޭ، އެމްޑީޕީގެ ތިން އެކްޓިވިސްޓުން ކަމުގައިވާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) އަހްމަދު އަންވަރު (ސިމް ވަރ) އަދި އިބްރާހިމް އައްސަދަށް ތިން ވުޒާރާއަކުން ޑިރެކްޓަރުކަން ދެއްވައިފިއެވެ.

އެގޮތުން ލޫކަސް ޖަލީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތާރީޚާއި ތަރިކަ އަދި ޘަގާފަތާ ގުޅޭ މައުލޫމާތު އެއްކޮށް ލިޔުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ސަރުކާރުގައި މަސައްކަތްކުރުމުގެ ދައުވަތުދެއްވައި ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވުމަކީ ލިބުނު ހިތްވަރެއް ކަމަށެވެ. އަދި އުފަލެއް ކަމަށެވެ. ލޫކަސްގެ ޓްވީޓްގައި އެކަމަށްޓަކައި ރައީސް ސޯލިހަށް ޝުކުރު ދަންނަވާފައިވެއެވެ.

ސިމް ވަރ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ކަމަށް ރައީސް ސޯލިހް، އޭނާ އައްޔަން ކުރެއްވުމަކީ ލިބުނު އުފަލެއް ކަމަށެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ހީވާގި ކަމާއެކު ދެމިހުންނަވާނެ ކަމަށެވެ. ސިމް ވަރ ގެ ޓްވީޓްގައިވެސް ރައީސް ސޯލިހަށް ޝުކުރު ދަންނަވާފައިވެއެވެ.

އިބްރާހިމް އައްސަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތު އަކުރުން، އަކުރަށް، ރަނުން ރަނަށް ފުރިހަމަކޮށް ވާޖިބު އަދާކުރެއްވުމަށްޓަކައި ދައުވަތު ދީ، ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އައްސަދުގެ ޓްވީޓްގައިވެސް ރައީސް ސޯލިހަށް ޝުކުރު ދަންނަވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް