ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބެލްޖިއަމްއަށް ވަޑައިގެންފިއެވެ.
ޚާރިޖީ ވުޒާރާއިން މައުލޫމާތުދެއްވާގޮތުގައި މި ދަތުރުފުޅުގައި މިނިސްޓަރ ޝާޙިދު ޔޫރަޕިއަން ޕާލަމެންޓާއި، ޔޫރަޕިއަން ކޮމިޝަންގެ އިތުރުން ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުންތަކުގައި މޫސުމީ ބަދަލުތަކާއި، ޓެރަރިޒަމާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ޑިމޮކްރަސީ ވަރުގަދަކުރުމުގެ އިތުރުން ގަވަރނަންސް އަދި އިދާރާތައް ހަރުދަނާކުރުމުގެ ދާއިރާތަކުން މަޝްވަރާތައް ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤްގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑިރެކްޓަރ ޝިއުނީން ރަޝީދު އަދި ޑެސްކް އޮފިސަރ މަރިޔަމް އާސިފް ބައިވެރިވެވަޑައިގަންނަވާކަމުގައިވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް