ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމުން އިސްމާއިލް ސޮފްވާން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވާފައިމިވަނީ އެ މަގާމުން އޭނާ ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީން ނިންމައި އެކަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމާފައިވަނިކޮށެވެ.
ސޮފްވާން އިސްތިއުފާ ދެއްވިކަން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގާފައެވެ.
ސޮފްވާން ބުނެފައިވާގޮތުގައި އޭނާ އިސްތިއުފާ ދެއްވަން ނިންމެވީ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމުގައި އުޒުރުވެރިވުމާއި ސަލާމް ބުނުމަކީ އޭނާއާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އޮތް ހުރަހެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ސޮފްވާން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ލުތުފީވެސް ވަނީ އޭނާގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވާފައެވެ. ލުތުފީވެސް އިސްތިއުފާ ދެއްވާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން މަޖިލީހުގެ، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމާފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް