މަސްތުވާތަކެއްޗާއި އެކު ލ.ގަމުން މީހަކު ހައްޔަރުކޮށްފި

ލ. ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކުރައްވާ ގޮތުގައި ލ. އަތޮޅު ފެރީގައި މަސްތުވާތަކެތި ...

26 Jun 2019 | 07:56

ލ. ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރައްވާ ގޮތުގައި ލ. އަތޮޅު ފެރީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސް ޓީމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެގޮތުން ޖޫން މަހުގެ 25 ވަނަ ދުވަހު 15:00 ހާއިރު ހިންގި އެ އޮޕަރޭޝަންގައި ގަމު ބަނދަރުގައި އޮތް ފެރީއަށް ފުލުހުން އަރައި އޭނާ ބަލައި ފާސްކުރި އިރު، އޭނާ އިށީދެއިން ގޮޑީގެ ކަވަރުގަ ކަފާފައި އިން ބައިގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން މިހާރުދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް