ފިކުރީ ގޮތުން ހައްދުފަހަނައަޅާ ދަނީ ރަނގަޅު ތައުލީމް ނުލިބޭތީއެއް ނޫން: އެޑިއުކޭޝަން މިނިސްޓަރ

ކުދިން ފިކުރީ ގޮތުން ހައްދު ފަހަނައަޅައި ދަނީ އެކަށޭނަ ރަނގަޅު ތައުލީމު ނުލިބޭތީ ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ނެޝަނަލް ކައުންޓާ ޓެރަރިޒަމް އިން މިއަދު ފެށި "ފ...

26 Jun 2019 | 06:39

ކުދިން ފިކުރީ ގޮތުން ހައްދު ފަހަނައަޅައި ދަނީ އެކަށޭނަ ރަނގަޅު ތައުލީމު ނުލިބޭތީ ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް އިން މިއަދު ފެށި "ފިކުރީ ގޮތުން ހައްދުފަހަނަ އަޅާ ދިއުމުގައި ދީނީ އިލްމުވެރިންގެ ދައުރު" ގެ ވޯކްޝޮޕް ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމު ހާސިލްކޮށްގެން ތިބި ޒުވާނުންނާއި ރަނގަޅު ވަޒީފާތަކުގައި އުޅޭ މީހުންވެސް ފަސޭހައިން މަގު އޮޅި ދާނެ ކަމަށެވެ.

" ހަރުކަށި ވިސްނުން ގެންގުޅޭ މީހުން އެމީހުންގެ ޓާގެޓްތައް ހޯދަނީ ޒުވާނުންގެ ތެރެއިން. އެއީ، ނުކިޔަވާ ތިބި، ވަޒީފާގައި ނޫޅޭ ނުވަތަ އަޅާލުން ނުލިބޭ މީހުން ކަމުގައި ވިޔަސް. އެމީހުންނަކީ ކިޔަވައިގެން ތިބި، އަދި ވަޒީފާގައި އުޅޭ މީހުން ކަމުގައި ވިޔަސް، ނުބައި މަގުން ދާން މަގުފަހި ވެދާނެ" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ދީނީ އެފަދަ ވޯކްޝޮޕް ތަކުގައި ދީނީ އިލްމުވެރިންނަކީ މުހިންމު ބައެއްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ، ޓެރަރިޒަމް އާއި ފުކރީ ގޮތުން ހައްދު ފަހަނައަޅައި ދިޔުމާއި ދުރުކުރުމަށްވެސް ދީނީ އިލްމެވެރިންގެ ދައުރު ބޮޑު ކަމަށެވެ.

އެންސީޓީސީއިން ދެ ދުވަހުގެ މުއްދަތަށް ފެށި މި ވޯކްޝޮޕްގައި ދީނީ އިލްމުވެރިންނާއި ސަރުކާރު އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް