ވަކިކުރާނެކަން ކަށަވަރު ވުމުން ލުތުފީ އިސްތިއުފާ ދެއްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްގެ މަގާމުން، އެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އިސްތިއުފާ ދެއްވައިފިއެވެ. ލުތުފީ އިއްޔެ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއެއެވެ. ލުތުފ...

26 Jun 2019 | 05:34

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްގެ މަގާމުން، އެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އިސްތިއުފާ ދެއްވައިފިއެވެ.

ލުތުފީ އިއްޔެ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއެއެވެ.

ލުތުފީ އިސްތިއުފާ ދެއްވާފައިމިވަނީ އޭނާ އޮފީހަށް ހާޒިރުނުވެ މުސާރަ ނަންގަވާ މައްސަލައިގާ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓަށް އަހަން ރައްޔިތުންގެ މަޖިލީޙުގެ، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އިއްޔެ ނިންމާ އެކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފައިވަނިކޮށެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ޗުއްޓީގައެވެ .ޗުއްޓީ ހަމަވުމުން ވަޒީފާއަށް ނިކުމެފައެއް ނުވެއެވެ. އެހެންނަމަވެސް ބަރާބަރަށް މުސާރަ ނަންގަވަމުން ގެންދެވިއެވެ.

އޭސީސީއަށް ލުތުފީ އައްޔަން ކޮށްފައިވަނީ 13 އޮކްޓޯބަރު 2010ގައެވެ. ފުރުއްވަމުން ގެންދެވީ ދެވަނަ ދައުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް