އެސްޓިއޯ ވެއަރހައުސް ސޭލް ބޮޑު ޑިސްކައުންޓްތަކާއަކު ފަށަނީ!

26  ޖޫން 2019 - އެސްޓިއޯއިން ޖުލައި ދެއަކުން ހައަކަށް ވެއެއަރހައުސް ސޭލެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެސްޓީއޯއިން މައުލޫމާތުދެއްވާގޮތުގައި އެހެން އަހަރުތަކެކޭ އެއްފަދައ...

26 Jun 2019 | 05:06

26  ޖޫން 2019 - އެސްޓިއޯއިން ޖުލައި ދެއަކުން ހައަކަށް ވެއެއަރހައުސް ސޭލެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މައުލޫމާތުދެއްވާގޮތުގައި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި ސޭލް ކުރިޔަށްދާނީ އަމީނީމަގު އެސްޓީއޯ ސުޕަރމާޓް ގުދަން (7ނަންބަރ ކޮށި) ގައެވެ. ކޮންމެ ރެއަކު 20:00 އިން 23:00  ކުރިއަށްދާ މި ސޭލްގައި އިލެކްޓުރޯނިކް އައިޓަމްތައް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދިނެވެ.އަދި މީގެ އިތުރުން މި ސޭލްގައި އެހެނިހެން ސާމާނު ވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށާއި ފިލިޕްސް،ހިޓާޗީ،ނިޕޯން.މަކިޓާ އަދި ސުޕަރމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނު އަދި ބަދިގެއަށް ބޭނުން ވާ ތަކެތިވެސް  ލިބެން ހުންނާނެ ކަމުގައި އެސްޓީއޯއިން ބުނެއެވެ.

އަދި ސޭލްގެ ފަހު ދެދުވަހު (ހުކުރު ،ހޮނިހިރި)ގައި ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 ކުރިއަށްދާނެ ކަމުގައިވެސް ބުނެފައިވެއެވެ.

"ވެއެއަރހައުސް ސޭލް ކުރިއަށްދާއިރު މިސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވިގެންދާނެއެވެ." އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯއިން މަޢުލޫމާތު ދިން ގޮތުގައި އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާވަމުން އަންނަ ވެއަރހައުސް ސޭލްއަށް ވަރަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް