ރައީސް ޔާމީންގެ ސަރުކާރުގެ ގޯސްތައް ބެލުން ލަސްވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ގޯސްތައް ތަހުގީގު ކުރުން ކުރިއަށް ނުދިއުމާއި އެ މައްސަލަތަކުގެ ޝަރީއަތްތައް ދިގުލައިގެންދާތީ ކުއްލި މައްސަލައެއް ރައްޔި...

26 Jun 2019 | 04:56

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ގޯސްތައް ތަހުގީގު ކުރުން ކުރިއަށް ނުދިއުމާއި އެ މައްސަލަތަކުގެ ޝަރީއަތްތައް ދިގުލައިގެންދާތީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ. މައްސަލައިގެ ބަހުސް ކުރިއަށްގެންދަން ފާސްވީ 64 މެމްބަރުންގެ ވޯޓާއެކުގައެވެ.

ކުއްލި މި މައްސަލައިގާ ބުނެފައިވަނީ ޖިނާއީ ތުހުމަތުތަކެއް ކުރެވޭ އެތައް ބައެއްގެ އެތައް މައްސަލަތަކެއް ޝަރީއަތުގެ މަރުހަލާގައި ނުނިމި ހުރި ކަމަށެވެ. ވައްކަމާއި ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ ކަންކަން ނުބަލާ ލަސްވާކަމަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގާ ބުނެފައިވެއެވެ.

މީގެ އިތުރުން ދައުލަތުން ރެކޯޑް މިންވަރަކަށް ވައްކަން ކުރިކަމުގެ މައްސަލަތާއި ހިޔާނާތާއި ވެރިކަން ހިންގުން ގަޑުބަޑުކޮށް ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް އަދި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނި ނެގި ކަމަށާއި އެކަންކަމަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަންކަން ކަމުގައި އެ މައްސަލައިގާ ބުނެފައިވެއެވެ.

ފަނޑިޔާރުން ހައްޔަރު ކުރުމާއި ދެ ފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ސިޔާސީ ލީޑަރުން ޖަލަށްލުމާއި ފަދަ ކަންކަން ނުބެލި ޝަރީއަތް ނުކުރެވި ދިގުލައިގެން ދާތީ އެކަންކަން ޝަރުކާރުގެ ސަމާލުކަމަށް ގެނައުމަށްވެސް އެ މައްސަލައިގާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް