މާލޭގައި މުދާ އުފުލުމުގެ ގަވައިދަށް ވަގުތީ ލުޔެއް ދީފި

ލޮރީ އަދި ޕިކަޕްތަކުގައި މާލޭގައި ދުވާލު މުދާ އުފުލުން މަނާކޮށް ޓްރާންސްޕޯޓު އޮތޯރިޓީން އާންމު ކުރި ގަވައިދަށް ވަގުތީ ގޮތުން ލުޔެއް ދީފި އެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފަ...

26 Jun 2018 | 13:48

ލޮރީ އަދި ޕިކަޕްތަކުގައި މާލޭގައި ދުވާލު މުދާ އުފުލުން މަނާކޮށް ޓްރާންސްޕޯޓު އޮތޯރިޓީން އާންމު ކުރި ގަވައިދަށް ވަގުތީ ގޮތުން ލުޔެއް ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދުވާލުގެ ވަގުތުތަކުގައި 350 ކިލޯއަށް ވުރެ ދަށުގެ މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުން ވަގުތީ ގޮތުން ހުއްދަކުރާ ކަމަށެވެ. އެކަމަކު އެއަށްވުރެ ބަރުކޮށް މުދާ އުފުލޭނީ ކުރިންވެސް ކަނޑައަޅާފައިވާ ގަޑީގައި ކަމަށް ބުނެފައިވެ އެވެ.

މުދާ އުފުލޭ ގަޑީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ.

އެ މިނިސްޓްރީން ބުނީ މި ވަގުތީ ލުޔެއް ދޭން ނިންމީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތާއި ބޮޑުތަކުރުފާނު މަގާއި އެ މަގާއި ގުޅިފައިވާ އެހެން މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށް ރީ ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށްދާތީ މުދާ އުފުލުމުގައި ވިޔަފާރި ވެރިންނަށް ދިމާވަމުންދާ ދަތިތައް ލުއިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މި ގަވައިދު ހަދަން ޖެހުނީ މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ އާއި ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި އާއްމު ރައްޔިތުން މަގުތަށް ބޭނުންކުރުމުގައި ދަތިވަމުންދާތީ  ކަމަށެވެ. ގަވައިދަށް އަމަލު ކުރަނ ްފެށީ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް