ނަޝީދު ވެރިކަމުގެ ޕްރެސް ސެކްރެޓަރީ ޒުހައިރު ހޯދަން އިއުލާނުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. ފުލުހުން ޒުހައިރު ހޯދަން އިއުލާނު ކުރި އިރު އޭނާ ދިރިއުޅުއްވަނީ އަވައްޓެރި ސްރީލ...

26 Jun 2018 | 07:42

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ޒުހައިރު ހޯދަން އިއުލާނު ކުރި އިރު އޭނާ ދިރިއުޅުއްވަނީ އަވައްޓެރި ސްރީލަންކާގައި އެވެ. ޒުހައިރު އާއި އެކު އިތުރު ފަސް މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފައިވެ އެވެ.

ޒުހައިރު ހޯދަމުން ދަނީ ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ ޒުހައިރު ހޯދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ.

ކޯޓުން ފުލުހުންނަށް އަމުރުކޮށްފައިވަނީ މާދަމާ ހެނދުނު 10:40 އަށް އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

މީގެ ކުރިން 2016 ވަނަ އަހަރުވެސް ފުލުހުން ވަނީ ސިވިލް ކޯޓުން އަމުރުކޮށްގެން ޒުހައިރު ހޯދަން އިއުލާނުކޮށްފައި އެވެ.

ޒުހައިރުގެ އިތުރުން ހޯދަމުންދަނީ، މާލެ، ދަފްތަރު ނަންބަރު 4976، އިބްރާހީމް އަޒްމީލްއާ ސ. ހިތަދޫ، ރީލް މަންޒިލް މުހައްމަދު ލަތީފާއި ސ. ހިތަދޫ، ސައުތްކްރޯސް މޫސާ މުންތަސިމާއި މާލެ، ހ. މިނީގާރޑްން މުހައްމަދު ޔާސިރު ސ. މަރަދޫ، މައިޒާން މުހައްމަދު ފަރުސީދު އެވެ.

މި އެންމެންވެސް ހޯދަނީ ސިވިލް ކޯޓުން ބަލަމުންދާ މައްސަލަތަކަކާއި ގުޅިގެން ކޯޓަށް ހާޒިރު ނުވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް