މަޝްހޫރު ޝޭމްޕޫ ބްރޭންޑެއް ކަމުގައިވާ ޕެންޓީންގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ބުރުގާ އެޅި އަންހެނަކު ހިމަނައިފި އެވެ.
މި ޝަރަފު ދީފައިވަނީ މެލޭޝިޔާގެ ލަވަކިޔުންތެރިޔާ ޔޫނާ އެވެ.
ޔޫނާ ހިމަނައިގެން ޕެންޓީން އިން މިހާރު ވަނީ ހާއްސަ ވީޑިއޯއެއް ހަދައި އެ ވީޑިއޯ ޔޫޓިއުބްގައި އާންމު ކޮށްފަ އެވެ.
https://www.youtube.com/watch?v=4ITFqlmHt50
ދެ މިނެޓާއި ތިރީސް ސިކުންތުގެ ވީޑިއޯ މެލޭޝިޔާގައި ޕްރިމިއަރ ކޮށްފައިވަނީ ބޮޑު ހަފްލާއެއްގައި އެވެ. އެ ވީޑިއޯގައި ޔޫނާގެ އިތުރުން މެލޭޝިޔާގެ ހެލްތު އެންޑް ފިޓްނެސް ދާއިރާގެ މަޝްހޫރު އަންހެނެއް ކަމުގައިވާ ލިނޯރާ ލޯ އަދި މެލޭޝިޔާގެ ކުރީގެ ނެޝަނަލް ޑައިވަރ އަޑެލީން ޗިންވެސް މި ވީޑިއޯއިން ދައްކަ އެވެ.
މެލޭޝިޔާގެ ޕެންޓީނުން ބުނެފައިވަނީ ޕެންޓީންގެ ރަސްމީ އެމްބެސަޑެއްގެ ގޮތުގައި ޔޫނާ ހަމަޖެހިގެން ދިއުން އެއީ މެލޭޝިޔާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް