ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އެދިވަޑައިގެންނަވާ ވެރިކަމެއްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އުވާލާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ސުއޫދު މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ. "އަހަރެން އެދޭ ވެރިކަމެއް" ގެ ނަމުގައި މިފަހަކަށް ސުއޫދު ކުރައްވަމުން ގެންދަވާ ޓުވީޓުގައި ރޭ ވިދާޅުވެފައި ވަނީ އޭނާ އެދިވަޑައިގެންނަވާ ވެރިކަމެއް ތިބޭނީ ހަމައެކަނި ކޯސްޓްގާޑާއި މެރިން ޕޮލިސް ކަމަށެވެ.
އޭނާ ވިދާޅުވީ އޭރުން ދައުލަތުގެ ބަޖެޓުން ކޮންމެ ދުވަހަކު އެމްއެންޑީއެފަށް ހަރަދު ކުރަމުންދާ ހަތް މިލިއަން ރުފިޔާ ސަލާމަތް ކުރެވުނީ ކަމަށެވެ. ސުއޫދު ވިދާޅު އެމްއެންޑީއެފް އުވާލައިގެން ސަލާމަތް ކުރެވޭ ފައިސާ ހަރަދު ކުރާނީ އަތޮޅު ތެރޭގެ ހޮސްޕިޓަލުތައް ތަރައްގީ ކުރުމަށް ކަމަށެވެ.
https://twitter.com/hsuood/status/1011292578820472832
ސުއޫދުގެ މި ޓުވީޓާއި ގުޅިގެން ގިނަ ބަޔަކު ދަނީ ތަފާތު ހިޔާލުތައް ފާޅު ކުރަމުންނެވެ. އެއް ބަޔަކު އެ ހިޔާލަށް ތާއީދު ކުރައްވާއިރު އަނެއް ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ސުއޫދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް