މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭގައި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި ކޯޓުން އޭނާގެ ބަންދަށް ދީފައިވަނީ 12 ދުވަހުގެ މުއްދަތެކެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި އާންމުންގެ ބަޔަކު އޭނާ ގާތްގަނޑަކަށް ބަރަހަނާކޮށް ގަމު ހިންގާފައިގޮސް ފުލުހުންނާއި ހަވާލު ކުރުމުންނެވެ. އުމުރުން 19 އަހަރުގެ އެމީހާ ޖިންސީ ހާނީއްކަ ކޮށްފައިވަނީ އުމުރުން ހަ އަހަރުގެ ކުއްޖަކަށާއި އަށް އަހަރުގެ ކުއްޖަކަށެވެ. ދެ ކުދިންނަކީވެސް ދެ ފިރިހެން ކުދިންނެވެ.
ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު ޕޮލިހުގައި ވަޒީފާ އަދާކުރާ މަޝްހޫރު ވޮލީ ކުޅުންތެރިޔަކު، 14 އަހަރުގެ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ބަލަމުން އަންނަކަން ދުވަހަށް މިއަދު ވަނީ ކަށަވަރު ކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް