ޕޮލިހުގައި ވަޒީފާ އަދާކުރާ މަޝްހޫރު ވޮޮލީކުޅުންތެރިޔަކު ފިރިހެން ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަނީ !

މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ މަޝްހޫރު ވޮލީ ކުޅުންތެރިއަކު 14 އަހަރުގެ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނާއި ޖެންޑާއިން ބަލަމުން އަންނަކަން ދުވަހަށް ކަށަވަރު ކުރެވ...

26 May 2019 | 10:30

މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ މަޝްހޫރު ވޮލީ ކުޅުންތެރިއަކު 14 އަހަރުގެ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނާއި ޖެންޑާއިން ބަލަމުން އަންނަކަން ދުވަހަށް ކަށަވަރު ކުރެވިއްޖެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަޝްހޫރު އެ ވޮލީ ކުޅުންތެރިޔާ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ފުރަތަމަ މައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ދެވަނަ މައްސަލަ ބަލަން ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޖެންޑަރ މިނިސްޓްރީ އާއި ފުލުހުން މި މައްސަލަ ބަލަމުން އަންނައިރު އެ ވޮލީ ކުޅުންތެރިޔާ މިހާރު ހުރީ ނޯޕޭ ލީވެއް ނަގައިގެން ގޮސް ލަންކާގައެވެ. އެއީ ފުލުހުންގެ ސްޓާފް ސާޖެންޓެއް ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެބްރުއަރީ 28 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށާއި އެ ކުއްޖާއަށް ރައްކާތެރި މާހައުލެއް މިހާރު ގާއިމްކޮށްދީފައިވާކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލްވެސް ވިދާޅުވީ މައްސަލަ ތަހްގީގު ކުރަމުން އަންނަ  ކަމަށެވެ.

މީގެ އިތުރުން އަދިވެސް އެ މީހާ ހުރީ ފުލުހުންގެ ވަޒީފާގައި ކަމާއި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނޯޕޭ ނެގުމަށްފަހު އުޅެމުން އަންނަނީ ލަންކާގައި ކަންވެސް ދުވަހަށް ވަނީ ކަށަވަރު ކުރެވިފައެވެ.

14 އަހަރުގެ ދެ ކުއްޖަކަށް މަޝްހޫރު ވޮލީކުޅުންތެރިޔަކު ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެފައިވާއިރު ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރީ އުމުރުން 19 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އާންމުންގެ ތެރެއިން ބަޔަކު އޭނާ ގަން ހިންގުވާފައި ގެންގޮސް ފުލުސް އޮފީހާ ހަވާލު ކުރުމުން ކޯޓު އަމުރެއްގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް