ފުލުހުންގެ ވެހިކަލެއް ހޮޅި ދަނޑިއެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ

ހއ. ހޯރަފުށީގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންގެ ވެހިކަލެއް މަގު މެދުގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި އެކަސިޑެންޓްވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10:46 ހާއިރެވެ. މައުލޫމާތު ...

26 May 2019 | 09:36

ހއ. ހޯރަފުށީގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންގެ ވެހިކަލެއް މަގު މެދުގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި އެކަސިޑެންޓްވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10:46 ހާއިރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މަގުމަތީގައި އޮތް ވަޅުގަނޑަކުން ނައްޓާލަން އުޅެނިކޮށްގޮސް އެ ހޮޅިދަނޑީގައި ޖެހިގެންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ވެހިކަލްގެ ކުރީ ލައިޓް ތަޅައިގެންގޮސް ބަފަރުގެ އަރިމަތި ވަނީ ފަޅައިގެންގޮސްފައެވެ.

މިހާރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް