ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި 3000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އިސްލާމިކް މިނިސްޓްރީއިން ހުޅުވާލީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި 3000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު މިހާރު ފޯމުތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު ވިދާޅުވިއެވެ. އަދި ހުށަހަޅާފައިވާ ކޮންމެ ފޯމެއްގައިވެސް އެމީހުންގެ އާއިލާގައި ހިމެނޭ އެންމެންގެ ނަންތައް ހިމެނޭ ކަމަށާއި، މިމަހުގެ 27 ގައި އެމީހުން އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޒަކާތު ކޮމެޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރޯދަ މަހުގެ 28 ގެ ކުރިން އެ މީހުންނަށް ފައިސާ ދޫކުރަން ފަށާނެ ކަމަށާއި، ކޮންމެ އާއިލާއަކަށްވެސް ފައިސާ ދޫކުރާނީ އެ އާއިލާއަކަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތަކަށް ބެލުމަށް ފަހު ކަމަށްވެސް އަފްރާހު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް