މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަތަރު ރަށެއްގެ ބޮޑެތި މަގުތަށް ހެދުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ. މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސާ ހަސަން ޝާހެވެ.
އެމްޓީސީސީ އާ ހަވާލުކުރި ރަށްތަކުގެ ތެރޭގައި، ލ. ފޮނަދޫގެ 3.5 ކިލޯމީޓަރުގެ ބާރަ މަގެއް ހެދުމަށް 32.7 މިލިއަން ރުފިޔާ ވަނީ ހަވާލުކޮށްފައެވެ. ރ. އުނގޫފާރުގައި 15 މަގެއް ހެދުމަށް 19.3 މިލިއަން ރުފިޔާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ރ. ދުވާފަރުގެ ބާރަ މަގެއް ހެދުމަށް 28.2 މިލިއަން ރުފިޔާ ވަނީ ދީފައެވެ. ހަތަރުވަނަ ރަށަކީ ހދ. ހަނިމާދޫއެވެ. މި ރަށުގެ އަށާރަ މަގެއް ތަރައްޤީ ކުރަން ނިންމާފައިވާއިރު، 46.7 މިލިއަން ރުފިޔާ ވަނީ މިރަށުގެ މަގުތައް ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.
މިއަހަރު ތަރައްޤީގެ މަޝްރޫއުތަކަށް ސަރުކާރުން ކަނޑައަޅާފައި ވަނީ ޖުމްލަ 7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް