ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާޒް ލިސްޓު އެކުލަވާލުމުގެ މަސައްކަތް ފަށައިފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާޒް ލިސްޓް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ. އަންނަ އަހަރު ކުރީ ކޮޅުގައި ބާއްވަން ހަމަޖެހިފައިވާ...

26 May 2019 | 08:29

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާޒް ލިސްޓް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އަންނަ އަހަރު ކުރީ ކޮޅުގައި ބާއްވަން ހަމަޖެހިފައިވާ ލޯކްލް ކައުންސިލް އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާ ކަމަށާއި ވޯޓާޒް ލިސްޓް މިހާރު ހޯދިފައިވާއިރު މިހާރު ކުރިއަށްދަނީ ވޯޓާޒް ލިސްޓާ ގުޅުން ހުރި މަސައްކަތްތައް ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 262،135 މީހުންނަށް ލިބިފައިވާއިރު 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 255،987 މީހުންނަށެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މެޖޯރިޓީ ހޯދާފައިވަނީ އެމްޑީޕީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް