މިމަހުގެ 24 ވަނަ ދުވަހު ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ބިދަބިން ބޮޑުބެރު ގްރޫޕްގެ މެމްބަރު ހައްސާން އަލީ ގްރޫޕުން ވަކިކޮށްފައިވާ ކަމަށް އެ ގްރޫޕުން ބުނެފިއެވެ.
އެ ގްރޫޕުގެ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ސްޓޭޓަސް އެއްގައި ބުނެފައިވަނީ، މި މައްސަލާގައި ވަގުތުން ފިޔަވަޅު އަޅައި ހައްސާން ގްރޫޕުން ވަކިކޮށްފައި ވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ލަދުގަންނަ ކަމަށާއި، ކުޑަ ކުދިންނަކީ އަޅުގަނޑުމެންގެ މުސްތަގްބަލަށް ވާއިރު އެއްވެސް ފަރާތަކުން އެއްވެސް ފަރާތަކަށް ދޭ މިފަދަ އަނިޔާއެއް އެ ގްރޫޕުން ތަހައްމަލް ނުކުރާނެ ކަމަށް ވެސް އެ ސްޓޭޓަސްގައި ވެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން ހަ އަހަރު އަދި އަށް އަހަރުގެ ދެ ފިރިހެން ކުދިންނަށެވެ. ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ހައްސާން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ގަން ހިންގުވަނިކޮށެވެ. މީސް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯ އެއްގައި ހައްސާން ވަނީ އެކަން ކުރިކަމަށް އެއްބަސް ވެފައެވެ. އޭނާ ހުޅުމާލޭގައި ގަން ހިންގާފައި ވަނީ ބޮކްސާ ނޫން އެހެން ހުރިހާ އެއްޗެއް ބާލުވައިގެންނެވެ.
ޖެންޑާ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އަނިޔާ ލިބުނު ދެ ކުދިންނަށް މިހާރު ވަނީ އާއިލާ އާއި ގުޅިގެން ފުރިހަމަ ރައްކާތެރިކަން ދީފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް