ކ. ހުރާއިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ކ. ހުރާއިން ގޯތި ދޫކުރުމަށް ނިންމާ، ގޯއްޗަށް އެދުމުގެ ފުރުސަތު ހުރާ ކައުންސިލުން ހުޅުވާލައިފިއެވެ. ހުރާ ކައުންސިލުން ބުނެފައިވަނީ އެ ރަށުން ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރު ކޮއްފައިވާ އިއުލާން ބ...

26 May 2019 | 07:54

ކ. ހުރާއިން ގޯތި ދޫކުރުމަށް ނިންމާ، ގޯއްޗަށް އެދުމުގެ ފުރުސަތު ހުރާ ކައުންސިލުން ހުޅުވާލައިފިއެވެ.

ހުރާ ކައުންސިލުން ބުނެފައިވަނީ އެ ރަށުން ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރު ކޮއްފައިވާ އިއުލާން ބާތިލުކޮއްފައިވާ ކަމަށާއި، އެ އިއުލާނާއެކު ދޫކޮއްފައިވާ ފޯމްތައްވެސް ބާތިލު ކޮއްފައިވާކަމަށެވެ. އަދި މިހާރު ގޯއްޗަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު، މިފަހަރު ދޫކުރަން ހަމަޖެހިފައިވަނީ 90 ގޯތިކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ހުރާއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1466.85 އަކަފޫޓާއި، 1957.73 އަކަފޫޓާއި ދެމެދުގެ ގޯތިކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަދި މިގޯތިތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ހުޅުވާލާފައިވާއިރު ގޯތި ދޫކުރުމުގައި ބަލާނެ ޝަރުތުތަކާއި، ގޯއްޗަށް އެދި ހުށަހަޅާ މީހުންނަށް ޕޮއިންޓުދޭނެ އުޞޫލުވެސް ހުރާ ކައުންސިލުން ވަނީ ޢާއްމުކޮށްފައެވެ.

ދޫކުރަން ހަމަޖެހިފައިވާ 90 ގޯއްޗަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުން މާދަމާ ފަށާނެ ކަމަށާއި، ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ފޯމް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކޫ ޖޫން 13 ކަމަށް ހުރާ ކައުންސިލުން ބުނެއެވެ.

އަދި މި މުއްދަތުގެ ތެރޭގައި ފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ރަނގަޅަށް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެކަމަށްވެސް ހުރާ ކައުންސިލުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް