ޕާޓީތަކަށް ފައިސާ ދޫކޮއްދިނުމަށް ފިނޭންސްއަށް ފޮނުވައިފި

ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދޔަ އަހަރު ނިމުނުއިރު 10،000 މެންބަރުން ތިބި ޕާޓީތަކަށް ފައިސާ ދޫކޮއްދިނުމަށް ފިނޭންސް މިނިސްޓްރީއަށް އިލެކްޝަންސް ކޮމިޝަން އިން ފޮނުވައިފިއެވެ. އީސީގެ ތަރުޖަމާނު އަހުމަދު...

26 May 2019 | 07:18

ސިޔާސީ ޕާޓީތަކުގެ ތެރެއިން މިދޔަ އަހަރު ނިމުނުއިރު 10،000 މެންބަރުން ތިބި ޕާޓީތަކަށް ފައިސާ ދޫކޮއްދިނުމަށް ފިނޭންސް މިނިސްޓްރީއަށް އިލެކްޝަންސް ކޮމިޝަން އިން ފޮނުވައިފިއެވެ.

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެފައިވަނީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ޖޫރިމަނާ ކެނޑުމަށްފަހު ޖަމާކޮއްދިނުމަށް މިދިޔަ ހަފްތާގައި ފިނޭންސްއަށް ފޮނުވާފައިވާކަމަށެވެ.

އީސީއިން ބުނެފައިވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ނިންމާފައިވަނީ ހަތަރު ޕާޓީއަކަށް ކަމަށާއި އޭގެ ތެރޭގައި އެމްޑީޕީ، ޕީޕިއެމް، ޖޭޕީ އަދި އެމްޑީއޭ ހިމެނޭކަމަށެވެ. އެގޮތުން އެމްޑީޕީއަށް 12.7 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ޕީޕީއެމަށް 9.2 މިލިއަން އަދި ޖޭޕީއާއި އެމްޑީއޭއަށް 2 މިލިއަން ރުފިޔާ ދިނުމަށް އެދި ވަނީ ފޮނުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް