އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ޢާންމު އިންތިޚާބު ކާމިޔާބުކުރައްވާ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނަވާ މޯދީ ރާއްޖެ ވަޑައަގަންނަވަނީ މި ސަރަހައްދުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަށްވާއިރު ރާއްޖެއަކީ މޯދީގެ ފުރަތަމަ މަންޒިލުކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ކުރީކޮޅުގައި ކަމަށްވާއިރު މި ދަތުރުފުޅުގައި މޯދީ ރާއްޖެ ވަޑައިގަންނަވާ ތާރީޚެއް އަދި ހާމަކޮއްފައެއްނުވެއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގަންނަވާކަން ރަސްމީކޮށް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ވިދާޅުވެފައެވެ.
ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރަށް މޯދީ އިންތިހާބު ވެވަޑައިގަތުމަށްފަހުވެސް މިސަރަހައްދުގެ ގައުމުތަކަށް ވަނީ ދަތުރުކުރައްވާފައެވެ. ނަމަވެސް އެ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިނުގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް