ނިމިދިޔަ އެއް ހަފްތާ ތެރޭގައިވެސް ހަމަ އެކަނި މާލޭގައި 47 އެކްސިެޓެންޓް ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ތަފާސް ހިސާބުން ދައްކައިފިއެވެ.
މިއަދު މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ތަފާސް ހިސާބުގައި ވާގޮތުން މިމަހުގެ 18 އާއި 24 ވަނަ ދުވަހާއި ދެމެދު އެކަނިވެސް މާލޭގައި 47 އެކްސިޑެންޓޫ ހިނގާފައިވެއެވެ. މި އެކްސިޑެންޓުތަކުގެ ތެރޭގައި 6 މީހަކަށް ވަނީ އަނިޔާވެފައެވެ.
ނިމިދިޔަ ހަފްތާ ތެރޭގައި ލައިސަންސް އާއި ނުލާ 85 މީހަކު އެއްގަމު އުޅަނދު ދުއްވި ކަމަށާއި، އުމުރުން 18 އަހަރު ނުވާ އެކެއްގެ މައްްސަލަވެސް ފާހަގަވެފައިވާކަމަށް މި ތަފާސް ހިސާބުގައި ވެއެވެ.
އޭގެއިތުރުން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވައިގެން 20 މައްސަލައެއް ފާހަގަކުރެވިފައި ވާއިރު، ފަހަކަށް އައިސް މާލޭގައި އެކްސިޑެންޓުތައް ދަނީ ގިނަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް