ރަތަފަންދޫ ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ބަޔަކު ހައްޔަރުކޮށްފި

ގދ. ރަތަފަންދޫ އިން ފިހާރައެއް ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ފިހާރަ ފަޅާލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ކަމަށް ފުލުހުން މައުލޫމާތުދެ...

26 May 2019 | 06:27

ގދ. ރަތަފަންދޫ އިން ފިހާރައެއް ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ފިހާރަ ފަޅާލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ވިދާޅުވީ ވަގަށް ނަގާފައިވާ ފައިސާ ފުލުހުން ހޯދާފައިވާ ކަމަށެވެ. ހޯދި ފައިސާގެ ތެރޭގައި، 20900 ރުފިޔާ އާއި 412 ޑޮލަރު އަދި 10 ޔޫރޯ ވަނީ ހޯދައިފައެވެ. މީގެ އިތުރުން ދެ ކާޓޫނު ސިނގިރެޓް ވެސް ވަގަށް ނަގާފައިވާ ކަމަށާއި، އޭގެތެރެއިން އެއް ކާޓުނުގައި ވަނީ ތިން ފޮށި ސިނގިރެޓް ކަމަށް ވެސް މައުލޫމާތު ދިނެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 27 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ކުޑަ ކުއްޖަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިމީހުންގެ ބަންދަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 3 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމުގައެވެ.

މި މައްސަލަ ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް