ޖަމްޢިއްޔަތުލް ފަލާޙުގެ 48 ވަނަ ޤުރުއާން މުބާރާތް ފަށައިފި

ޖަމްޢިއްޔަތުލް ފަލާޙުން އިންތިޒާމުކޮށްގެން ކޮންމެ ރަމަޟާން މަހަކު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފިއެވެ. މިއަހަރުގެ މުބާރާތުގައި 20 ސްކޫލަކުން 586 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެ...

26 May 2019 | 06:09

ޖަމްޢިއްޔަތުލް ފަލާޙުން އިންތިޒާމުކޮށްގެން ކޮންމެ ރަމަޟާން މަހަކު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފިއެވެ.

މިއަހަރުގެ މުބާރާތުގައި 20 ސްކޫލަކުން 586 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެއީ ހިތުން ކިޔެވުމުގެ ގޮފީގައި 199 ކުދިން އަދި ބަލައިގެން ކިޔެވުމުގެ ގޮފީގައި 387 ކުދިންނެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާލޭގެ ޕްރައިމަރީ، ސެކަންޑްރީ އަދި ހަޔަރ ސެކަންޑްރީ ސްކޫލްތަކަށެވެ.

ވޭތުވެދިޔަ 48 އަހަރު މެދުނުކެނޑި ޖަމްޢިއްޔަތުލް ފަލާޙުން ކުރިޔަށް ގެންދާ ި މުބާރާތުގެ މަޤްސަދަކި ދަރިވަރުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިއްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަންނަ ގިނަ ދަރީންތަކެއް އުފެއްދުންކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މިދިޔަ އަހަރަށްވުރެ މިއަހަރުގެ މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ އަދަދު ގިނަކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް